ހައިކޯޓުގެ ފަނޑިޔާރުންގެ ހޫނު ރައްދެއް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް
ސަން
11 ފެބްރުއަރީ 2026 | ބުދަ | 11:42
ގާނޫނާ ހިލާފަށް ސުޕްރީމް ކޯޓުގެ ކުރީގެ ސެކެޓްރީ ޖެނެރަލް ޑރ. ހުސެއިން ފާއިޒް ވަކިކުރި މައްސަލައިގައި، ހައިކޯޓުގެ ފަނޑިޔާރުންގެ ހޫނު ރައްދެއް، ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް އަމާޒުވެއްޖެއެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ ހޫނު ރައްދެއް، ޖުޑިޝަރީގެ އިދާރީ މައި އޮފީސް، ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް އަމާޒުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފާރަލުމުގެ ތުހުމަތުގައި ކަމަށް ބުނެ، އެ ކޯޓުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން ޑރ. ހުސައިން ފާއިޒް ވަކިކުރި މައްސަލައިގެ ހުކުމްގައެވެ.
ޑރ. ފާއިޒް މަގާމުން ވަކި ކުރީ ގޯސްކޮށް ކަމަށް، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމި މި މައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުންވަނީ ޑރ. ފާއިޒްއަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި 678،090.32 ރުފިޔާ ދޭން އަމުރުކޮށްފައެވެ.