ފްލެޓްތައް ގޮނޑުކުރުން އާންމުވެފައިވަނިކޮށް ޑަސްބިން ބަހައްޓައިފި، ފޮށިގަނޑުފަދަ ތަކެތި އެޅުން މަނާ
ސަން
11 ފެބްރުއަރީ 2026 | ބުދަ | 9:53
ހުޅުމާލޭގެ ޕްލެޓުތައް ގޮނޑުކުރުން އާންމުވެފައި ވަނިކޮށް ފަހިދިރިއުޅުން ކޯޕަރޭޝަން އެފްޑީސީއިން ފްލެޓުތަކުގައި ޑަސްބިން ބަހައްޓައިފިއެވެ.
އެފްޑީސީއިން މިއަދު ވަނީ، 32 ޓަވަރެއްގައި އާންމު ގޭބިސީއިން ކުނި އުކާލުމަށް ބޭނުންކުރާނޭ ޑަސްބިންތައް ބަހައްޓާފައެވެ.
އަދި އެ ޑަސްބުންތަކަކީ ހަމައެކަނި އާންމު ގޭބިސީތަކުން ކުނިއެޅުމަށް ހާއްސަކޮށްފައިވާ ޑަސްބިންތަކަކަށް ވާތީ ފުޅިމަދާއި ކާޑުބޯޑު ފޮށީގެ އިތުރުން އާންމު ގޭބިސީގެ ކުނީގެ ގޮތުގައި ނުބެލެވޭ އެއްވެސް ބާވަތެއްގެ ކުނި އެ ޑަސްބިންތަކަށް އެޅުމަކީ މަނާކަމެއް ކަމަށް އެފްޑީސީއިން ވަނީ ބުނެފައެވެ.