ޓައިމްއިން ހޮވި ދުނިޔޭގެ ސިއްހީ ދާއިރާގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ތެރޭގައި ރައީސް
ސަން
11 ފެބްރުއަރީ 2026 | ބުދަ | 10:36
އެމެރިކާގެ މަޝްހޫރު "ޓައިމް" މެގަޒިންއިން ހޮވާ ސިއްހީ ދާއިރާގެ އެންމެ ނުފޫޒުގަދަ 100 ޝަޚްސިއްޔަތުންގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގެންފިއެވެ.
"ޓައިމް" މެގަޒިންއިން އާންމުކުރި މި ލިސްޓަކީ، ދުނިޔޭގެ ސިއްހީ ދާއިރާއިން ފާހަގަކޮށްލެވޭ ފަދަ މުހިންމު މަސައްކަތްތަކެއް ކުރައްވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އެ މެގަޒިންއިން ނެރުނު ތިންވަނަ އަހަރީ ލިސްޓެވެ.
ރައީސް މުއިއްޒު މި ލިސްޓުގައި ހިމެނިވަޑައިގަތީ، ރާއްޖޭގެ އާންމު ސިއްހަތު ރައްކާތެރިކުރުމަށާއި، ވަކިން ހާއްސަކޮށް ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް އެމަނިކުފާނުގެ މި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކުގެ ސަބަބުންނެވެ.