2 މިލިއަން ރުފިޔާގެ ހުއިފިލަނޑައަށް ޚިޔާނާތްވިކަމަށް ބުނާ މައްސަލަ: އައިއޯ ތަހުގީގުން އެކަހެރިކޮށްފި
ސަން
11 ފެބްރުއަރީ 2026 | ބުދަ | 11:02
ކ. ތިލަފުށީގައި ހުރި ގުދަނަކުން ދެ މިލިއަން ރުފިޔާގެ އަގުހުރި ހުއިފިލަނޑާތަކަކަށް ޚިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން، އެ މައްސަލައިގައި ހިމެނޭ އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ) މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފިއެވެ.
މީޑިއާތަކަށް މަޢުލޫމާތު ދެމުން ފުލުހުން ބުނީ، މިދިޔަ ޑިސެމްބަރު 31 ގައި ހުށަހެޅުނު މި މައްސަލައިގައި، މައްސަލަ ތަހުގީގުކުރާ އިންވެސްޓިގޭޝަން އޮފިސަރު މިހާރު ވަނީ ތަހުގީގީ މަސައްކަތްތަކުން ދުރުކުރެވިފައި ކަމަށެވެ.
މި މައްސަލައަކީ ތިލަފުށީގެ ގުދަނެއްގައި ހުރި ގިނަ އަދަދެއްގެ ހުއިފިލަނޑައަށް ޚިޔާނާތްތެރިވި ކަމަށް ބުނެ ހުށަހެޅިފައިވާ މައްސަލައެކެވެ.