އިޓަލީ މީހެއްގެ ޓިކެޓް ރިފަންޑް ނުދީގެން "ބިއޯންޑް"ގެ މައްޗަށް ހުކުމެއް

ސަން

12 ފެބްރުއަރީ 2026 | ބުރާސްފަތި | 10:28

ރާއްޖޭގެ ސިމްޑީ ގުރޫޕް އަދި، ޔޫއޭއީގެ އެރަބިސްކް ކުންފުނިން އުފެއްދި "ބިއޯންޑް" އެއާލައިނުން ހަ ޓިކެޓް ނެގި، އިޓަލީ މީހަކަށް ރީފަންޑް ނުދީގެ އެ އެއާލައިނުން 16،000 ޑޮލަރު ދައްކަން ސިވިލް ކޯޓުން ހުކުމެއްކޮށްފިއެވެ.

ބިއޯންޑްއަކީ ދުނިޔޭގެ ފުރަތަމަ ޕްރިމިއަމް ލެޝާ އެއާލައިންއެވެ. ސިމްޑީ ގްރޫޕުން ޔޫއޭއީގެ އަރަބެސްކް ކުންފުންޏާ ގުޅިގެން ތައާރަފްކުރި ބިއޯންޑްއަކީ ހަމައެކަނި ބިޒްނަސް ކްލާހުގެ ސީޓުތައް ހިމެނޭ އެއާލައިނެކެވެ.

މި އެއާލައިނުން ދަތުރުކުރާ ފަސިންޖަރުންނަށް އެންމެ ފުރިހަމަ ލަގްޒަރީ ތަޖުރިބާ ކަށަވަރު ކުރުމަށް ފްލައިޓުގެ ސީޓުތަކުން ފެށިގެން، ދަތުރުމަތީގައި މުނިފޫހިފިލުވުމަށް ބޭނުންވާނެ ވަސީލަތްތައް ހިޔާރު ކުރުމުގައި ވެސް ޚާއްސަ އިސްކަމެއް ދޭއިރު، މައްސަލަ ދިމާވެގެން އުޅޭ ކޭސްއަކީ އެއާ ލައިނުން އިޓަލީ މީހަކު ނެގި ހަ ޓިކެޓް ކެންސަލް ކުރުމަށް ފަހު ރިފަންޑް ނުލިބުން މައްސަލައެވެ.

މައުޟޫޢުތަށް