ޖިންސީ ފުރައްސާރައިގެ މައްސަލައިގައި އެފްއައިޔޫއިން ވަކިކުރި ސާޖިދު ކޯޓަށް!

ސަން

12 ފެބްރުއަރީ 2026 | ބުރާސްފަތި | 9:28

މަރުކަޒީ ބޭންކް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ވެރިޔާގެ މަގާމުން ވަކިކުރި، އިސްމާއިލް ސާޖިދު، އޭނާ މަގާމުން ވަކިކުރި މައްސަލަ ކޯޓަށް ހުށަހަޅައިފިއެވެ.

އެފްއައިޔޫގެ ވެރިޔާގެ މަގާމުގައި ހުއްޓާ ސާޖިދު މަގާމުން ވަކިކުރީ، ޖިންސީ ފުރައްސާރައިގެ މައްސަލައެއްގެ ތުހުމަތުގައި ސަސްޕެންޑްކޮށްފައި ބެހެއްޓުމަށް ފަހު މިދިޔަ މަހުގެ 29ގައެވެ. މިދިޔަ އޮގަސްޓް މަހު އެފްއައިޔޫގެ ވެރިޔާގެ މަގާމަށް އައްޔަންކުރި ސާޖިދު ސަސްޕެންޑް ކުރީ ޑިސެމްބަރު މަހެވެ.

ސާޖިދު ވަކިކުރި މައްސަލަ ކޯޓަށް ހުށަހަޅައިފައިވަނީ މިދިޔަ ހަފުތާގެ ތެރޭގައެވެ.

މައުޟޫޢުތަށް