ބައްޕަ، ދަރިއަކަށް އަނިޔާކުރި މައްސަލައެއްގައި ޖަލަށް؛ ހެއްކަކަށް އަނބިމީހާގެ ބަޔާން

ސަން

12 ފެބްރުއަރީ 2026 | ބުރާސްފަތި | 10:12

ދަރިއަކަށް އަނިޔާކުރި ކަމަށް ތުހުމަތުވާ ބައްޕައެއް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.

މި މައްސަލައިގައި 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކުރީ، މާލެއަށް ނިސްބަތްވާ 39 އަހަރުގެ ފިރިހެނެކެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައި އިންވެސްޓިގޭޓިވް އޮފިސަރު (އައިއޯ)އާ ހަވާލާދީ ބުނީ، ފިރިހެން މީހާ އޭނާގެ ދަރިއެއް ގައިގައި ޖަހައި އަނިޔާކޮށްފައިވާ ކަމަށެވެ. އެކަމަކު، އެކަން ނުކުރާ ކަމަށް ކޯޓުގައި އެ މީހާ ވަނީ ބުނެފައެވެ.

މައުޟޫޢުތަށް