ރޯދަޔަށް ހަފުތާއެއް: ކަނޑޫދޫ މިރުހުގެ އަގު ދެ ގުނަ ބޮޑުވެއްޖެ
ސަން
12 ފެބްރުއަރީ 2026 | ބުރާސްފަތި | 9:57
އަންނަ ބުދަ ދުވަހު ރޯދަ މަސް ފެށޭއިރު, ދިވެހީންގެ ތެރޭގައި މަގުބޫލު ތ. ކަނޑޫދޫ މިރުހުގެ އަގު ގާތްގަނޑަކަށް ދެ ގުނަ ބޮޑުވެއްޖެއެވެ.
ގިނަ ރޯދަމަސްތަކުގައި ކަނޑޫދޫ މިރުހަށް ޑިމާންޑް ބޮޑުވެ, އަގު ބޮޑުވުމަކީ އާއްމު ކަމެކެވެ.
މިއަދު މާލޭ ބާޒާރުގެ އަގުތަކަށް ބަލާއިރު ކަނޑޫދޫ މިރުސް ކިލޯއެއް އުޅެނީ 430 ރުފިޔާ އާއި 480 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ.