ކުމުންދޫ ފަޅުގައި ބާއްވައިގެން މާރާމާތު ކުރަމުން ދިޔަ ދޯންޏެއް އަޑިއަށް ގޮސްފި
ސަން
12 ފެބްރުއަރީ 2026 | ބުރާސްފަތި | 11:12
ހދ. ކުމުންދޫ ފަޅުގައި ބާއްވައިގެން މަރާމާތު ކުރަމުން ދާތާ ގިނަ ދުވަސްވީ ދޯންޏެއް އަޑިއަށް ގޮސް، ގެއްލުންތަކެއް ލިބިއްޖެއެވެ.
ކުމުންދޫ ކައުންސިލުން ބުނި ގޮތުގައި، 'އަޒުމް' ނަމަކަށް ކިޔާ އެ ދޯނި ފަޅުތެރެއަށް އަޑިއަށް ދިޔައީ ރޭގެ ވަގުތެއްގައެވެ. އެހެންވެ، އެ ދޯނި ފުން ކުރުމުގެ މަސައްކަތަށް ކުމުންދޫ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.
އެ ކައުންސިލުން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި، އަޑިއަށް ގޮސްފައި ވަނީ، އެ ދޯނިން ބައެކެވެ. އެއް އަރިއަކަށް ދޯނިން ބައެއް އަޑިއަށް ގޮސްފައިވާއިރު، އެއީ މާރާމާތުގެ މަސައްކަތް ކުރާ ދޯންޏެއްކަން އެނގެއެވެ. އެ ގޮތުން، ދޯނީގެ ބައެއް ފިލާތައް ފަޅު ތެރޭގައި ހުރި މަންޒަރު ފޮޓޯތަކުން ފެނެއެވެ.