ކިޔޫ ވަރަށް ބޮޑު، މިހާރު ފައިސާ ދެއްކުމުން ހައްޖަށް ދެވޭނީ 2040 ގައި!
ސަން
12 ފެބްރުއަރީ 2026 | ބުރާސްފަތި | 11:47
ހައްޖު ކިޔޫ ވަރަށް ބޮޑުވެ, މިހާރު ފައިސާ ދައްކާ މީހުންނަށް ހައްޖަށް ދެވޭނީ 2040ގައި ކަމަށް, ހައްޖު ކޯޕަރޭޝަނުން ލަފާކޮށްފިއެވެ.
ހައްޖަށް ދިއުމަށް ފައިސާ ދެއްކުމަށް, ކޯޕަރޭޝަނާ ގުޅުމުން ބުނީ ހައްޖު ކިޔޫއަށް އެރޭނީ 52500 ރުފިޔާ ދައްކައިގެން ކަމަށާއި ބާކީ ފައިސާ ފަހުން ދެއްކޭނެ ކަމަށެވެ. ޖުމުލަ އަގަކީ 69965 ރުފިޔާއެވެ.
މިހާރު ކިޔޫ އޮތް ވަރުން, މިވަގުތު ފައިސާ ދައްކާ މީހުންނަށް އެންމެ އަވަހަށް ވެސް ހައްޖަށް ދެވޭނެ ކަމަށް ލަފާ ކުރެވެނީ, މީގެ 14 އަހަރު ފަހުން 2040 ގައި ކަމަށް ކޯޕަރޭޝަނުން ބުނެއެވެ.