ދިވެހި ބަހަށް ވަރަށް ކުޅަދާނަ އޭއައި ޕްލެޓްފޯމެއް, ގިނަ ޚިދުމަތްތަކެއް ލިބޭ
ސަން
12 ފެބްރުއަރީ 2026 | ބުރާސްފަތި | 12:09
ގިނަ ޚިދުމަތްތަކެއް ލިބޭ، ދިވެހި ބަހަށް ވަރަށް ކުޅަދާނަ އޭއައި ޕްލެޓުފޯމެއް ނެރެފިއެވެ.
"ޔައުމިއްޔާ އޭއައި" ގެ ނަމުގައި ނެރުނު އެ ޕްލެޓްފޯމަކީ ދިވެހި ބަހުން އިންޓަނެޓުގައި ސާޗްކޮށް، މަސްދަރުތަކާ އެއްކޮށް ސާފު ޖަވާބުތައް ދޭ ގޮތަށް ފަރުމާ ކޮށްފައިވާ ޕްލެޓުފޯމެކެވެ.
ޔައުމިއްޔާ އޭއައި ނެރުނީ ދިވެހި ސްޓާޓްއަޕް ޗެފްވިޝަން އޭއައިއިންނެވެ. މި ކުންފުންޏަށް އެއްބާރުލުން ދީފައިވަނީ ބައިނަލްއަގުވާމީ ވެންޗާ ކެޕިޓަލް ކުންފުނި އެންޓްލާއިންނެވެ. އެއީ، ދުނިޔޭގެ 30 ސިޓީއެއްގައި މަސައްކަތްކުރާ، 1،500 އަށްވުރެ ގިނަ ސްޓާޓްއަޕްތަކަށް އެއްބާރުލުންދީފައިވާ ކުންފުންޏެކެވެ.