ރޭގެ ނިޔަލަށް މާލެ ސަރަހައްދުގައި 53،308 މަސްކޭސް ދޫކުރި!
ސަން
12 ފެބްރުއަރީ 2026 | ބުރާސްފަތި | 1:23
މާލެ ސަރަހައްދުގައި ރޯދަ ހަދިޔާގެ ގޮތުގައި ދޫކުރާ މަސްދަޅު ކޭސް ބެހުން ރޭގެ ނިޔަލަށް ނިންމާލިއިރު، 53،308 މަސްދަޅު ކޭސް މި ސަރަހައްދަށް ދޫކޮށްފިއެވެ.
މަސްކޭސް ދޫކުރުމުގެ މަސައްކަތް ސަރުކާރުން ފެށީ، މިދިޔަ ޖަނަވަރީ 24ގައެވެ. މި އަހަރު މުޅި ޖުމްލަ 118،773 ގޭބީސީއަކަށް 48 ދަޅުގެ މަސް ކޭހެއް ދޫކުރާއިރު، ރޭގެ ނިޔަލަށް މާލެ ސަރަހައްދަށް ލޯކަލް ގަވަނަންސް މިނިސްޓްރީން ވަނީ، 53،308 ކޭސް ދޫކޮށްފައެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި، އަންނަ މުލަ ރޯދައާ ހަމައަށް މި ސަރަހައްދުގައި ދެން މަސް ކޭސް ކުރާނީ މިފްކޯ މަރުކަޒުންނެވެ. އެ މަރުކަޒުން މަސް ކޭސް ދޫކުރާނީ، ރޭގަނޑު 08:30 އިން 11:00އާ ހަމައަށެވެ.