އެމްޑީޕީ މިސްކިތްތަކާ ދުރޭ ފަލާހް ވިދާޅުވުމުން ނަޝީދު: ފުރަތަމަ ވެރިކަމުގައި 42 މިސްކިތް އެޅިން!
ސަން
12 ފެބްރުއަރީ 2026 | ބުރާސްފަތި | 2:45
ސާޅީސް ތިން ހާހެއް މީހުން ރަޖިސްޓްރީގައި ތިބި އިދިކޮޅު އެމްޑީޕީގެ މެންބަރުންނަކީ މިސްކިތްތަކާ ދުރު, ލާދީނީ ބައެއް ކަމަށް ސިފަކޮށް, އެ ޕާޓީގެ ވެރިކަންތަކުގައި މިސްކިތްތައް ބިނާ ނުކުރާ ކަމަށް, ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވުމުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ރައްދު ދެއްވައިފިއެވެ.
މަޖިލީހުގެ ޖަލްސާގައި އިއްޔެ ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ އެމްޑީޕީގެ މީހުންނަކީ މިސްކިތްތަކާ ދުރު ބައެއް ކަމަށެވެ. އަދި އެ ޕާޓީގައި ރަނގަޅު މީހުން ތިބި ނަމަވެސް ޖުމުލަ ގޮތެއްގައި އެމްޑީޕީ މީހުންނަކީ ނުލަފާ ބައެއް ކަމަށް ފަލާހް އިއްޔެ މަޖިލީހުގައި ވިދާޅުވިއެވެ.
://../217816