ޑެންގީ ބަލީގައި ހާލު ސީރިއަސްވުމުން، ލޭ ދޭނެ މީހަކު ކުޅުދުއްފުއްޓަށް ގެންދަން ޖެހުނީ މާލޭން

ސަން

12 ފެބްރުއަރީ 2026 | ބުރާސްފަތި | 3:40

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އޮތް، ޑެންގީ ބަލި ޖެހިގެން ހާލު ސީރިއަސްވި މީހަކަށް ލޭ ދިނުމަށް ހދ. އަތޮޅުގެ ބައެއް ރަށްރަށުންނާއި މާލޭ ސިޓީން މީހުން ގެންދަން ޖެހިއްޖެއެވެ.

ހދ. ނޮޅިވަރަންފަރަށް ނިސްބަތްވާ 43 އަހަރުގެ ވަފިއްޔާ އަލީއަށް ޑެންގީ ބަލި ޖެހި، ޕްލޭޓްލެޓް ދަށްވުމާ ގުޅިގެން އޭނާ ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންދިޔައީ މިދިޔަ އާދިއްތަ ދުވަހެވެ. އެ ޚަބަރާއެކު، މާލޭގައި މަސައްކަތް ކުރާ އޭނާގެ ކޮއްކޮ، މުޙައްމަދު އަލީ ވަނީ ކުޅުދުއްފުއްޓަށް ގޮސްފައެވެ.

މުޙައްމަދު ޢަލީ "ސަން"އަށް މައުލޫމާތު ދިން ގޮތުގައި ދައްތަގެ ޕްލޭޓްލެޓް ދަށްވުމުން ހޮސްޕިޓަލުން އެންމެ ފުރަތަމަ އެންގީ، ލޭ ހަދިޔާ ކުރާނެ ހަތަރު މީހުން ބޭނުންވާ ކަމަށެވެ. ނަމަވެސް ދައްތަގެ ހުންނަނީ އެހާ އާންމު ނޫން ލޭގެ ގުރޫޕެއް ކަމަށްވާ އޭބީ ނެގެޓިވް ކަމުން، ޑޯނަރުން ހޯދަންް އުނދަގޫވިއެވެ.

މައުޟޫޢުތަށް