މާލޭގެ އިރުމައްޗާއި އުތުރު ތޮށިގަނޑު މަރާމާތުކުރަން، 70 މިލިއަން ރުފިޔާގެ މަޝްރޫއެއް
ސަން
12 ފެބްރުއަރީ 2026 | ބުރާސްފަތި | 4:12
މާލޭގެ އިރުމައްޗާއި އުތުރު ތޮށިގަނޑު މަރާމާތުކުރަން ޖަޕާނާއި ރާއްޖެއާ ދެމެދު 70 މިލިއަން ރުފިޔާގެ ކޮންޓްރެކްޓެއްގައި މިއަދު ސޮއިކޮށްފިއެވެ.
އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނީ، ތޮށިގަނޑު އަލުން ހެދުމުގެ މަސައްކަތް ކުރާނީ ޖަޕާނު ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުން ކަމަށެވެ.
އެ މަސައްކަތާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރީ ޖަޕާނުގެ ޓޯޔޯ ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑްއެވެ.