ކުޑަ އަންހެއް ކުއްޖަކު ގްރޫމްކޮށް، ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި 2 ފިރިހެނުން ހައްޔަަރަށް
ސަން
12 ފެބްރުއަރީ 2026 | ބުރާސްފަތި | 7:36
އުމުރުން އެންމެ 15 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ގްރޫމްކޮށް އެ ކުއްޖާގެ ނާޖާއިޒު ފައިދާ ނަގައި، ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށީ، ސިލްވަސްޓާ، އުމުރުން 44 އަހަރުގެ އަލީ ޙަސަނާއި، ހދ. ކުޅުދުއްފުށީ، ކަސްތޫރިގެ، 21 އަހަރުގެ މުޙައްމަދު އިޙްސާނެވެ.
މި ދެ މީހުން އަތުލައިގަނެފައިވަނީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާއި، ކްރައިމް އިންޓެލިޖެންސް އަދި އަތޮޅުތެރޭގެ ފުލުހުން ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ.