5 އަހަރުން އެސްޕީޑީއަކަށް 1.5 މިލިއަން ޚަރަދުވޭ، އެ ރުފިޔާ ދީ ގެސްޓްހައުސް އަޅަން ބުންޏަސް އުފެއްދުންތެރިކަން އިތުރުވީސް: ޢާޠިފް

ސަން

12 ފެބްރުއަރީ 2026 | ބުރާސްފަތި | 11:28

ސަރުކާރުގެ އެކިއެކި ވުޒާރާތަކަށް އައްޔަންކުރާ ކޮންމެ ސީނިއާ ޕޮލިޓިކަލް ޑައިރެކްޓަރަކަށް ފަސް އަހަރުތެރޭ ދޮޅު މިލިއަނެއްހާ ރުފިޔާ މުސާރައިގެ ގޮތުގައި ޚަރަދުވާނެ ކަމަށާއި، ބަދަލުގައި އެއިން ކޮންމެ ސިޔާސީ ޑައިރެކްޓަރަކަށް އެއްފަހަރާ އެ ރުފިޔާދީ އެ މީހުން ލައްވައި ގެސްޓްހައުސް އަޅާށޭ ބުނިނަމަ ވެސް ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުވާނެ ކަމަށް، ކުޅުދުއްފުށީގެ މޭޔަރު މުޙައްމަދު ޢާޠިފް މިރޭ ވިދާޅުވެއްޖެއެވެ.

އޭޕްރިލް މަހުގެ ކުރީކޮޅު އޮންނަ އިންތިޚާބަށް އެމްޑީޕީގެ ކެމްޕެއިން "ހޭވައްލާ ތައްޔާރު" އިފްތިތާހުކުރުމަށް އޮތް ޖަލްސާގައި ވާހަކަދައްކަވަމުން، ހދ. ހަނިމާދޫގެ އެއާޕޯޓަށް އިޝާރާތްކުރައްވައި ޢާތިފް ވިދާޅުވީ، މިދިޔަ އެމްޑީޕީ ސަރުކާރުން ރާއްޖޭގެ އުތުރުގައި އިގުތިޞާދީ ދޮރާށި ހުޅުވުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.

ނަމަވެސް މި ސަރުކާރަށް ދެ އަހަރުވީއިރު އެ އެއާޕޯޓުގެ ބޭނުން ހިފަން ނޭނގުނު ކަމަށް ޢާޠިފް ވިދާޅުވިއެވެ.

މައުޟޫޢުތަށް