ވަކި ބަޔަކަށް ރޯދަމަހު، ގޭތެރޭގެ މަސައްކަތް ދޫކުރުމަށް ދީނުގައި އަންގަވާފައެއް ނުވޭ، ދަރުމަހުރީ އެހީވުމުން: ޚުތުބާ

ސަން

13 ފެބްރުއަރީ 2026 | ހުކުރު | 1:50

ރޯދަ މަހު، ވަކި ބަޔަކަށް ގޭތެރޭގެ މަސައްކަތް ދޫކޮށް، ތިމާ އަޅުކަމުގައި ހޭދަކުރުމަށް ދީނުގައި އަންގަވާފައެއް ނުވާ ކަމަށާއި ގިނަ ގުނަ ދަރުމަހުރީ އެކަކު އަނެކަކަށް އެހީތެރިވުމުން ކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.

މިއަދުގެ ޚުތުބާ ދީފައި ވަނީ، 'ރުއްސެވުމާއި ފުއްސެވުމުގެ މަހަށް މަރުހަބާ' މި މައުޟޫގެ މައްޗަށެވެ.

ޚުތުބާގައި ވަނީ، އަންނަ ބުދަ ދުވަހު ފެށޭ ރޯދަ މަހު، މުސްލިމުންގެ އަމަލުތައް ބަހައްޓަންވީ ގޮތްތައް ކިޔައިދީފައެވެ. އެގޮތުން، ފަރުޟުތައް އަދާކުރުމަށް ފަހުގައި ގޭތެރޭގައި ކުރަން ހުންނަ ކަންކަމުގައި އެހީވުމަށް ޚުތުބާގައި ގޮވާލިއެވެ.

މައުޟޫޢުތަށް