ތޮއްޑުއަށް ސީޕްލޭންގެ ދަތުރުތައް ފެށުމުން އަމީން: ރަށުގެ ފަތުރުވެރިކަން ކުރިއަރައި، ދަތުރުފަތުރަށް ފަސޭހަވާނެ

ސަން

13 ފެބްރުއަރީ 2026 | ހުކުރު | 3:06

އއ. ތޮއްޑުއަށް އިއްޔެ ސީޕްލޭންގެ ދަތުރުތައް ފަށާފައިވާއިރު، އެ ކަމުގެ ސަބަބުން އެ ރަށާއި އަތޮޅުގެ ފަތުރުވެރިކަން ކުރިއަރާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ތޮއްޑުއަށް އިއްޔެ ވަނީ ސީޕްލޭންގެ ދަތުރުތައް ފަށާފައެވެ. ސަގާފީ ހަރަކާތްތަކާއެކު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، އެ ރަށަށް ނިސްބަތްވާ, ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމެވެ.

އެ ޚިދުމަތް ތޮއްޑުއަށް ފެށުމާ ގުޅިގެން މިނިސްޓަރު އަމީން އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި ވަނީ، އެ ކަމުގެ ސަބަބުން އެ ރަށާއި އަތޮޅުގެ ފަތުރުވެރިކަން ކުރިއަރާނެ ކަމަށެވެ. އާންމު ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި ބޮޑެތި ލުއިތަކެއް ލިބޭނެ ކަމަށް މިނިސްޓަރު ގަބޫލުކުރައްވައެވެ.

މައުޟޫޢުތަށް