ޝެއިޚް ފަރީދުގެ ހަނދާނުގައި ހުޅުމާލޭގައި އަޅާ މިސްކިތަށް އެހީތެރިވާން ހުޅުވާލައިފި
ސަން
13 ފެބްރުއަރީ 2026 | ހުކުރު | 3:50
މަޝްހޫރު ދީނީ އިލްމުވެރިޔާ، ޝެއިޚް އިބްރާހިމް ފަރީދުގެ ހަނދާނުގައި ހުޅުމާލޭގައި މިސްކިތެއް ބިނާކުރުމަށް ނިންމައި، އެތަނަށް އެހީ ދިނުމަށް ޚިދުމަތް ޖަމިއްޔާއިން ފުރުސަތު ހުޅުވާލައިފިއެވެ.
އެ ޖަމިއްޔާއިން ފުރަތަމަ ނިންމީ ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް އެޅުމަށެވެ. އެ މިސްކިތް އެޅުމަށް އެހީވުމަށް ހުޅުވައިލި ފުރުސަތުގައި ކުޑަ ވަގުތުކޮޅެއްތެރޭ ވަނީ މިސްކިތް އަޅަން ހޭދަވާނެކަމަށް އަންދާޒާކުރި 760،000 ރުފިޔާ ހަމަވެފައެވެ.
ޚިދުމަތް ޖަމިއްޔާއިން ބުނި ގޮތުގައި، އެ މިސްކިތް އަންނަ ރޯދަ މަހު ހުޅުވޭނެއެވެ.