5،000 ޓަނުގެ ފެން އުފައްދާ ދެވަނަ އާރްއޯ ޕްލާންޓު ހުޅުމާލޭގައި ބޭނުން ކުރަން ފަށައިފި

ސަން

13 ފެބްރުއަރީ 2026 | ހުކުރު | 4:53

ފަސްހާސް ޓަނުގެ ފެން އުފައްދާ ދެވަނަ އާރްއޯ ޕްލާންޓު ހުޅުމާލޭގައި މިއަދު ބޭނުން ކުރަން ފަށައިފިއެވެ.

މާލެ ސަރަހައްދަށް ފެން ފޯރުކޮށްދޭ ސަރުކާރު ކުންފުނި، އެމްޑަބްލިއުއެސްސީން ބުނީ، އެ ޕްލާންޓު ބޭނުންކުރަން ފެށުމުން މާލެއާއި ހުޅުމާލެއަށް ފެން ފޯރުކޮށްދިނުމުގެ ގާބިލުކަން ހަރުދަނާ ވާނެ ކަމަށެވެ.

އަންނަ ބުދަ ދުވަހު ފެށޭ ރޯދަ މަހު، އޮންނަ ޑިމާންޑާ އެއްވަރަށް ފެން ފޯރުކޮށްދިނުމަށް އެ ޕްލާންޓަކީ އެހީއަކަށް ވާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް