ލޯންޗަކާއި ދޯންޏެއް ޖެހި، ހަތަރު މީހަކަށް އަނިޔާވެއްޖެ

ސަން

13 ފެބްރުއަރީ 2026 | ހުކުރު | 8:41

މާލެ ކައިރިން ދޯންޏަކާއި ލޯންޗެއް ޖެހި، ހަތަރު މީހަކަށް މިއަދު އަނިޔާވެއްޖެއެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓު ހިނގައިފައިވަނީ ކ. ފުނަދޫ ކައިރިން، މިރޭ 7:19 ހާއިރެވެ.

އެ ހާދިސާގައި ހަތަރު މީހަކަށް އަނިޔާވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ތިން ދިވެހީންނާއި ބިދޭސީ މީހެއް ކަމަށް އެނގިފައިވެއެވެ. އޭގެ ތެރެއިން ދިވެއްސަކަށް ލިބުނު އަނިޔާއާ ގުޅިގެން، އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މައުޟޫޢުތަށް