މާލޭ ސިޓީ ކައުންސިލްގެ އާމްދަނީ 2 ބިލިއަނަށް ޖައްސާނަން: ޒަރިޔަންދު
ސަން
14 ފެބްރުއަރީ 2026 | ހޮނިހިރު | 1:39
މާލޭ ސިޓީގެ މޭޔަރުކަމުގެ މަގާމަށް ހޮއްވަވައިދެއްވައިފި ނަމަ އެ ކައުންސިލްގެ އާމްދަނީ ފަސް އަހަރު ދުވަހުގެ ތެރޭގައި ދެ ބިލިއަން ރުފިޔާއަށް ޖައްސަވައިދެއްވާނެ ކަމަށް މާލޭ މޭޔަރުކަމަށް ވާދަކުރައްވާ އިސްމާއިލް ޒަރިޔަންދު ރޭ ވިދާޅުވެއްޖެއެވެ.
އޭނާ އަންނަނީ އިދިކޮޅު ޕީއެންއެފްގެ ތާއީދާ އެކު މާލޭ މޭޔަރުކަމަށް ވާދަކުރައްވަމުންނެވެ.
ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ރޭ ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޒަރިޔަންދު ވިދާޅުވީ، މީގެ ކުރިން މާލޭ ސިޓީ ކައުންސިލުން މި ސިޓީގެ ބިންތައް ދޫކުރުމުގައި ރިޝްވަތުގައި ހިފައި، އަގަކަށްނުވާ ކަހަލަ އަގުތަކެއްގައި ބޮޑެތި ބިންތައް ދޫކޮށްފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން އާމްދަނީ ވަރަށް ދަށްކަން އޭނާ ފާހަގަކުރެއްވިއެވެ.