އަތޮޅު ތެރޭގެ 6 ހޮސްޕިޓަލެއް މި އަހަރު ނިންމަނީ

ސަން

14 ފެބްރުއަރީ 2026 | ހޮނިހިރު | 2:16

އަތޮޅު ތެރޭގެ ހޮސްޕިޓަލްތަކުގެ މަސައްކަތް ހަވާލުކުރެވި، ބައެއް ތަންތަން ނިމުމަކާ ގާތްވެފައިވާ ކަމަށާއި މި އަހަރުގެ ތެރޭގައި ހަ ހޮސްޕިޓަލެއްގެ މަސައްކަތް ނިންމައި ބޭނުންކުރަން ފެށޭނޭ ކަމަށް ހެލްތް މިނިސްޓްރީގެ ސްޓެޓް މިނިސްޓަރު އިސްމާޢީލް ޝަރީފް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ޝަރީފް ވަނީ މި ފަސް އަހަރު ނިމޭއިރު ރާއްޖޭގެ ޞިއްޙީ ނިޒާމަށް ޢުމްރާނީގޮތުން އިންގިލާބީ ބޮޑު ބަދަލެއް ފެންނާނެ ކަމަށް ވިދާޅުވެފައެވެ.

އެ ގޮތުން، މި އަހަރުގެ ތެރޭގައި ހއ.ހޯރަފުށި، ނ. ކެނދިކުޅުދޫ، ރ. ދުވާފަރު، ބ. ތުޅާދޫ، ޅ. ހިންނަވަރު، ކ. ގުރައިދޫގެ ހޮސްޕިޓަލް ތަރައްގީކުރުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މައުޟޫޢުތަށް