ވޯޓު ލާންވާނީ ރައްޔިތުންގެ ހައްގުތައް ކަށަވަރުވާނެ ގޮތަކަށް: ފައިސަލް

ސަން

14 ފެބްރުއަރީ 2026 | ހޮނިހިރު | 2:32

މި އަހަރުގެ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓު ލާންވާނީ ރައްޔިތުންގެ ހައްގުތައް ކަށަވަރުވާނެ ގޮތަކަށް ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭންގެ ފޯރި އަންނަނީ ގަދަވަމުންނެވެ.

އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕޭން ހަރަކާތެއްގައި ދ. ކުޑަހުވަދޫގައި ހުންނަވާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ނަސީމް ވިދާޅުވީ، ގާނޫނުއަސާސީ އިސްލާހުކުރުމުގެ މަސައްކަތަކީ ދިވެހީންގެ އެތައް ބަޔަކު ވީ ވަރަަށް ބޮޑު ގުރުބާނީއެއް ކަމަށެވެ. އެކަން ކާމިޔާބުކުރެވުނީ ހަތަރު އަހަރު ވަންދެން މެދު ކެނޑުމެއް ނެތި އެކި ފަރާތްތަކުން ކުރި މިންނެތް މަސައްކަތުންކަން އޭނާ ހަނދާން އާކުރެއްވިއެވެ.

މައުޟޫޢުތަށް