އެސްއޯއީތަކުގެ މުވައްޒަފުންނަށް ބިރުދައްކައި ވޯޓުލާ ރަށް މަޖުބޫރުން ބަދަލުކުރުމުގެ ވިސްނުމެއްނެތް: ޕީއެންސީ

ސަން

15 ފެބްރުއަރީ 2026 | އާދިއްތަ | 9:36

ސަރުކާރު ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކައި، އަންނަ ލޯކަލް ކައުންސިލު އިންތިޚާބުގައި ވޯޓުލުމަށް އެހެން ރަށްރަށުގައި ރީރަޖިސްޓްރީކުރުމަށް ވެރިކަންކުރާ ޕީއެންސީން މަޖުބޫރުކުރަމުން އަންނަކަމަށް އިދިކޮޅު އެމްޑީޕީން ކުރާ ތުހުމަތުތައް، ޕީއެންސީން މިއަދު ދޮގުކޮށްފިއެވެ.

އެމްޑީޕީން އިއްޔެ ވަނީ، ފެނަކަ ކޯޕަރޭޝަނާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގައި މަސައްކަތް ކުރާ މުވައްޒަފުން, ލޯކަލް ކައުންސިލުތަކުގެ އިންތިޚާބުގައި ވޯޓުލުމަށް އެހެން ރަށްރަށަށް ރީރަޖިސްޓްރީ ކުރުމަށް މަޖުބޫރުކުރުވަމުން އަންނަ ކަމަށް ތުހުމަތުކޮށްފައެވެ.

މިކަމާ ގުޅިގެން ޕީއެންސީން 'ސަން'އަށް ބުނީ، ސަރުކާރު ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބިރުދައްކައި، އެ މީހުން އެހެން ރަށްރަށުގައި ރީރަޖިސްޓްރީކުރުމަށް މަޖުބޫރުކުރާ ކަމަށް އެމްޑީޕީން ބުނި ވާހަކައަކީ ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ.

މައުޟޫޢުތަށް