އަލަމާރިއެއް ވިއްކާކަމަށް ބުނެ އޮޅުވައިލައިގެން ފައިސާހޯދިކަމަށް ތުހުމަތުވާ މީހަކު ހައްޔަރަށް

ސަން

15 ފެބްރުއަރީ 2026 | އާދިއްތަ | 10:34

ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް އަލަމާރިއެއް ވިއްކާނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދި މައްސަލައެއްގައި ތުހުމަތުވާ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނި ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ނޭޕާލަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ ނަކުލް ކޭ ސީ އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ ހަތްވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ.

މި މައްސަލައާ ގުޅިގެން ނަކުލް ކޭ ސީގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށް ވަނީ 12 ދުވަހުގެ މުއްދަތެއް ދީފައެވެ.

މައުޟޫޢުތަށް