100 ރުފިޔާގެ ނޫޓަށްފަހު، 20 ރުފިޔާގެ އައު ސްޓޮކެއް ވެސް ގެނެސްފި
ސަން
15 ފެބްރުއަރީ 2026 | އާދިއްތަ | 10:54
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭނުންކުރަމުންދާ ނޫޓު ސީރީޒްގެ 20 ރުފިޔާގެ އައު ސްޓޮކެއް ގެނެސްފިއެވެ.
މަރުކަޒީ ބޭންކުން ހާމަކޮށްފައިވާ ގޮތުގައި، 20 ރުފިޔާގެ ނޫޓުގެ އައު ސްޓޮކެއް ގެނައީ އެ ނޫޓުގެ ސްޓޮކް މަދުވުމުގެ ސަބަބުންނެވެ. މި ސްޓޮކް ރާއްޖެ ގެނެސްފައިވަނީ މިއަދު ކަމަށް އެމްއެމްއޭއިން ބުންޏެވެ. މިއީ މި މަހުގެ ދެވަނަ ދުވަހު 100 ރުފިޔާގެ އައު ސްޓޮކެއް ގެނައުމަށްފަހު، އިތުރުކުރެވުނު ސްޓޮކެކެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި، 100 ރުފިޔާގެ ނޫޓުގެ ސްޓޮކް ވެސް މަދުވުމާ ގުޅިގެން މި މަހުގެ ކުރީކޮޅު ވަނީ އައު ސްޓޮކެއް ގެނެސްފައެވެ. ރާއްޖޭގެ ބާޒާރުގައި 100 ރުފިޔާއާއި ކުދި ނޫޓުތަކަށް އޮންނަ ޑިމާންޑް ބޮޑުވެފައިވަނީ، ބޭންކް އޮފް މޯލްޑިވްސް އިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގިނަ އަދަދަކަށް އޭޓީއެމްތައް ބަހައްޓަމުން ދިއުމާ ގުޅިގެން އެ ނޫޓުތަކަށް އޮންނަ ޑިމާންޑު ބޮޑުވުމުންކަމަށް "ސަން"އަށް ވަނީ އެނގިފައެވެ.