ވިލިމާލޭގެ ހިތްފަސޭހަކަން ނެތިދާނެ ކަމުގެ ބިރަށް، ފިޔަވަޅުތަކެއް އަޅަން އެދި މަޖިލީހަށް ޕެޓިޝަނެއް
ސަން
15 ފެބްރުއަރީ 2026 | އާދިއްތަ | 12:00
ވިލިމާލޭގައި މިހާރު އޮތް ހިތްފަސޭހަކަން ނެތިދާނެ ކަމުގެ ބިރަށް، ފިޔަވަޅުތަކެއް އަޅަން އެދި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.
މިދިޔަ އަންގާރަ ދުވަހު އަބްދުﷲ ޙުސައިން ރަޝީދު މަޖިލީހަށް ހުށަހެޅި ޕެޓިޝަނުގައި ވަނީ، ވިލިމާލެއަކީ ރާއްޖޭގެ ޖަޒީރާވަންތަކަން ގެއްލުވާނުލައި ރައްޔިތުންގެ ބޭނުންތައް ފުއްދޭ ގޮތަށް ރަށެއް ތަރައްގީކުރާނެ ގޮތުގެ މިސާލެއް ކަމަށެވެ.
މިގޮތުން، އެރަށުގެ ކަންކަން ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ގެންދިޔުމަށް ސަރުކާރާއި މާލެ ސިޓީ ކައުންސިލުން ހަރުދަނާ ފިޔަވަޅުތަކެއް އަޅާކަން މަޖިލީހުން ކަށަވަރުކޮށްދިނުމަށް ޕެޓިޝަނުގައި ވަނީ އެދިފައެވެ.