އިސްލާމްވީ ފަތުރުވެރިޔާ: "ސަބަބު ބުނެދޭން ދަތި، ކުރެވެނީ އަމިއްލަ ގެއަށް އެނބުރި އާދެވުނު އިޙުސާސް"

ސަން

15 ފެބްރުއަރީ 2026 | އާދިއްތަ | 1:06

ނޮދަން އަޔަލޭންޑަށް ނިސްބަތްވާ މި ފަތުރުވެރިޔާ "ދުނިޔެ މަތީގެ ސުވަރުގެ" ކަމަށް ބުނާ މި ރާއްޖެއަށް އައީ ޗުއްޓީ ހޭދަކުރުމަށެވެ. ހިތްހަމަޖައްސައިލައި އުފާވެރިކަމުގެ އިހުސާސް ހޯދުމަށެވެ. ނަމަވެސް ކ. ދިއްފުށިން، ދިވެހީންގެ ދިރިއުޅުމުގެ މާހައުލުން އޭނާއާ ބައްދަލުކުރީ މާ ބޮޑު ނަސީބެކެވެ. އެއީ މާ މަތިވެރި ނިއުމަތެކެވެ. ޗުއްޓީއަށް އައި އެ ފަތުރުވެރިޔާގެ ހިތުގައި އިސްލާމްދީނަށް އުފެދިފައި އޮތް ބޮޑު ލޯތްބެއްގެ ސަބަބުން، އޭނާ އިސްލާމްވީއެވެ. މުސްލިކަމަށް ވުމުގެ ހިދާޔަތް މިންވަރުކުރެއްވީއެވެ.

://./217924

ސޯޝަލް މީޑިއާގައި އިއްޔެ އާންމުވީ ވީޑިއޯއަކުން ފެންނަނީ އެ އަންހެން ފަތުރުވެރިޔާ މިސްކިތެއްގެ ތެރޭ ޝަހާދަތް ކިޔާ މަންޒަރެވެ. ފެންނަނީ ދިވެއްސަކު އެ ފަތުރުވެރިޔާއަށް ޝަހާދަތް ލައިދޭ މަންޒަރެވެ. އިސްލާމްވީ ވަގުތު އޭނާ ހުރީ ބުރުގާ އަޅައި، ހަށިގަނޑު ނިވާވާނޭ ފަދަ ހެދުމެއްގައެވެ. ޝަހާދަތް ލައިދެމުން ދިޔަ ވަރަކަށް، އޭނާ ދިޔައީ ވަރަށް ފަރުވާތެރިކަމާއެކު އެ އިބާރާތްތައް ތަކުރާރުކުރަމުންނެވެ. އިސްލާމްވުމަށްފަހު އެ އަންހެން މީހާއަށް މިހާރު ދީފައިވާ ނަމަކީ "ޖަމީލާ" އެވެ.

މައުޟޫޢުތަށް