29 މިލިއަން ރުފިޔާގެ ހަޝިޝް އޮއިލް ގެނައި މައްސަލަ: ދެ މީހަކު ހައްޔަރުކޮށް، ވަނަވަރު އާންމުކޮށްފި

ސަން

15 ފެބްރުއަރީ 2026 | އާދިއްތަ | 3:26

ކަނޑުމަގުން ރާއްޖެއަށް ހަޝިޝް އޮއިލް އެތެރެކުރަން މަސައްކަތްކުރި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށް، އެ މީހުންގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.

ކަސްޓަމްސްއިން ރޭ ބުނި ގޮތުގައި، މާލެ ވިޔަފާރި ބަނދަރުން 36.4 ކިލޯގެ ހަޝިޝް އޮއިލް އަތުލައިގަތީ މިދިޔަ ބުރާސްފަތި ދުވަހެވެ. އެ ތަކެތީގެ މަގުމަތީ އަގު 29 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

އެ މައްސަލައިގައި ދެ މީހުން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން މިއަދު ވަނީ ހާމަކޮށްފައެވެ. އެއީ، މާލެއަށް ނިސްބަތްވާ 35 އަހަރުގެ ވިޝާމް މުޙައްމަދާއި މ. މުލައް، މަދާރުގެ 26 އަހަރުގެ ޙަސަން މަފާޒެވެ.

މައުޟޫޢުތަށް