ލަފާކުރި ވަރަށް ޓީޖީއެސްޓީއާއި ޑިޕާޗާ ޓެކްސް ނުލިބި، މީރާގެ މިދިޔަ މަހުގެ އާމްދަނީ އަންދާޒާއަށް ވުރެ ދަށަށް

ސަން

15 ފެބްރުއަރީ 2026 | އާދިއްތަ | 7:22

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން މިދިޔަ މަހަށް ލަފާކުރި އަދަދަށް، ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓީޖީއެސްޓީއާއި ޑިޕާޗާ ޓެކްސް ނުލިބި، އެ އިދާރާގެ އާމްދަނީ އަންދާޒާއަށް ވުރެ ދަށްވެއްޖެއެވެ.

މީރާއިން އާންމުކުރި މައުލޫމާތުގައިވާ ގޮތުން މިދިޔަ މަހު އެ އިދާރާއިން 4.45 ބިލިއަން ރުފިޔާ ބަލައިގެންފައިވެއެވެ. އެއީ ވޭތުވެދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 33.1 ޕަސެންޓް އިތުރު އަދަދެކެވެ. ނަމަވެސް، މިދިޔަ މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 4.6 ޕަސެންޓް ދަށް އަދަދެކެވެ.

މީރާއިން މައުލޫމާތުދޭ ގޮތުގައި، ޖަނަވަރީ 2025ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު ޖަނަވަރީ 2026 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ބޭންކް އިންކަމް ޓެކްސްއާއި ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީން ލިބިފައިވާ އާމްދަނީ އިތުރުވުމެވެ.

މައުޟޫޢުތަށް