ރާއްޖޭގައި ކޮރަޕްޝަން ހުއްޓުވުމަށް އެހީތެރިވުމަށް އެމްއެންޔޫއިން އޭސީސީއާއެކު ސޮއިކޮށްފި

ސަން

15 ފެބްރުއަރީ 2026 | އާދިއްތަ | 8:26

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއެކު މުއައްސަސާގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އެއް ފަރާތުން އަނެއް ފަރާތަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއ،ި ގުޅިގެންމަސައްކަތްކުރާނެ ދާއިރާތައް ކަނޑައެޅުމަށްޓަކައި މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

އެމްއެންޔޫއިން ބުނީ މި ފަހުމުނާމާއަކީ ޔުނިވާސިޓީގެ ތަޢުލީމީ އަދި ފަންނީ ދާއިރާގެ ބޭނުން ހިފައިގެން، ރާއްޖޭގައި ކޮރަޕްޝަން ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކަށް އެހީތެރިވުމަށާއ،ި ދެ މުއައްސަސާގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

އަދި މި އެއްބަސްވުމުގެ ދަށުން، ކޮރަޕްޝަން އާލާވިޔަނުދިނުމަށްޓަކައި ޔުނިވާސިޓީގެ ފަރާތުން ކުރެވޭނެ މަސައްކަތްތައް ދެނެގަނެ، އެކަމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައި ވާކަމަށްވެސް އެމްއެންޔޫއިން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް