ބޭރު މަގުގެ މަސްމާރުކޭޓު ސަަރަހައްދުގައި ތާރު އަޅައި، އަލުން ހުޅުވާލައިފި

ސަން

16 ފެބްރުއަރީ 2026 | ހޯމަ | 9:28

މާލޭގެ މަސްމާރުކޭޓާ ހަމައިން ބާޒާރުމަތީ ފިހާރަތަކާ ހަމައަށް އޮންނަ ބޮޑުތަކުރުފާނު މަގުގެ ސަރަހައްދުގައި އެއްކޮށް ތާރުއަޅައި ނިންމާލައި, ރޭ ފަތިހު އާންމުންނަށް ހުޅުވާލައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ޗާންދަނީ މަގުން ފެށިގެން ފާލަންދޮށު ހިނގުމާ ހަމައަށް ބޮޑުތަކުރުފާނު މަގުން އަލަށް ތަރައްގީކޮށް ހުޅުވާލެވޭ ސެގްމަންޓް، ދެކޮޅަށް ދުއްވާ މަގެއްގެ ގޮތުގައި ކަނޑައަޅައި ފަތިހު 5:00 އިން ފެށިގެން މަގު ބޭނުންކުރާ ފަރާތްތަކަށާއި ޢާންމު ދަތުރުފަތުރަށް ހުޅުވާލާނެ ކަމަށެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ތަޞައްވުރާ އެއްގޮތަށް، ހަތަރު ލޭނު ހިމެނޭގޮތައް ތަރައްގީކޮށް ގެނައި ބަދަލާ އެކު، އެ ސަރަހައްދުގައި ދެކޮޅަށް ދުއްވޭނެ އިންތިޒާމު ހަމަޖެހުމުން ދަތުރުފަތުރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް މިނިސްޓަރު އަމީނުގެ ޕޯސްޓުގައިވެއެވެ.

މައުޟޫޢުތަށް