ފަތުރުވެރިކަމާއި މީޑިއާގައި ވެސް ޒުވާނުން ތަމްރީނުކޮށް، ދިވެހީންނަށް ވަޒީފާތައް ދޭން ސިޔާމްގެ އިލްތިމާސެއް
ސަން
16 ފެބްރުއަރީ 2026 | ހޯމަ | 10:16
ފަތުރުވެރިކަމުގެ ދާއިރާއާއި ނޫސްވެރިކަމުގެ ދާއިރާގައި ވެސް ޒުވާނުން ތަމްރީނު ކުރުމާއި، ދިވެހީންނަށް މުހިންމު ވަޒީފާތައް ދިނުމުގެ މުހިންމުކަން، ސަން ސިޔާމް ގުރޫޕުގެ ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރު އަޙްމަދު ސިޔާމް މުޙައްމަދު ރޭ ފާހަގަކުރައްވައިފިއެވެ.
ސަން އޮންލައިނާއި އެސްއެސްޓީވީ އާއި ސަން ޕްލޭ ފަދަ މީޑިއާގެ ވަސީލަތްތައް ހިންގާ, ސަން ސިޔާމް މީޑިއާގެ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ, މަންހަޓަން ބިޒްނަސް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ސިޔާމް ވިދާޅުވީ، ސަން ސިޔާމް މީޑިއާ އުފެއްދީ ވަރަށް މުހިންމު މަގުސަދެއްގައި ކަމަށެވެ. އެއީ، ރައްޔިތުންނަށް ރަނގަޅު ޚަބަރާއި މައުލޫމާތު، ވަކި އަތަކަށް ނުޖެހި ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ސަން ސިޔާމް މީޑިއާގެ އަހަރީ ހަފުލާގައި މި މީޑިއާގެ ވެރިޔާ އަޙްމަދު ސިޔާމް މުޙައްމަދު ވާހަކަފުޅު ދައްކަވަނީ-- ސަން ފޮޓޯ: މުޙައްމަދު ޝާތިއު