ދުންފުހުން ސަލާމަތެއް ނުވޭ، ކުރިއަށް އޮތީ ވަރަށް ވައިނުސާފު 5 ދުވަސް
ސަން
16 ފެބްރުއަރީ 2026 | ހޯމަ | 10:03
ދުންފުހުން އަދިވެސް އެއްކޮށް ސަލާމަތްނުވާއިރު، ކުރިއަށް އޮތީ ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ފޯރާނެ ފަސް ދުވަސް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) މިއަދު ބުނެފިއެވެ.
ދުންފުހުގެ ސަބަބުން ދުރު ފެންނަ މިންވަރު ދަށްވެ، ވައި ނުސާފުވެ، ސިއްހީ ގެއްލުންތައް ވެސް ލިބެއެވެ. މި ފަހުން ދުންފުހުގެ އަސަރުކުރާ މިންވަރު އަންނަނީ ބޮޑުވަމުންނެވެ.
މެޓް އޮފީހުން މިއަދު ބުނީ، މުޅި ރާއްޖެއަށް މިއަދު ދުންފުހުގެ އަސަރުކުރާނެ ކަމަށެވެ.