އިންތިހާބާ ގުޅޭ ދެ މައްސަލަ ސުޕްރީމް ކޯޓުން މާދަމާ ނިންމަނީ

ސަން

16 ފެބްރުއަރީ 2026 | ހޯމަ | 10:38

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު އޮންނަ، ލޯކަލް ކައުންސިން އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތައް މާދަމާ ނިންމަން ތާވަލުކޮށްފިއެވެ.

އިންތިހާބާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދެ މައްސަލައަކީ، އިލެކްޝަންސް ކޮމިޝަނަށް ރައްދުވާ ގޮތަށް، ފާޠިމަތު ސޫޒަން، ލަކުސަވީ، ކ. ތުލުސްދޫ ހުށަހެޅި މައްސަލައަކާއި، ޢަބްދުލްމަޖީދު، ރިނދަލިގެ، ކ. ގުރައިދޫ ހުށަހެޅި މައްސަލައެކެވެ. މި މައްސަލަތަކުގެ އަޑު އެހުންތައް މިދިޔަ ހަފުތާގައި ސުޕްރީމް ކޯޓުންވަނީ ނިންމާލާފައެވެ. އަދި މާދަމާ މި ދެ މައްސަލައިގެވެސް ހުކުމް ކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދެ މައްސަލައިގެ ތެރެއިން، ފާޠިމަތު ސޫޒަން ހުށަހެޅި މައްސަލައަކީ، ތުލުސްދޫ ކައުންސިލްގެ އަންހެން މެންބަރު ކަމަށް އަމިއްލަ ގޮތުން ކުރިމަތިލާން ހުށަހެޅި އެޕްލިކޭޝަން ބަލައިނުގަތް މައްސަލައެވެ. މި މައްސަލަ ބަލާ ބެންޗުގައި ހިމެނެނީ ފަނޑިޔާރު އަބްދުﷲ ހަމީދު، ޑރ. މުހައްމަދު އިބްރާހީމް އަދި އަލީ ރަޝީދު ހުސެއިންއެވެ.

މައުޟޫޢުތަށް