އައްޑޫގައި އެކްސިޑެންޓެއްގައި އަނިޔާވި 4 މީހުން ގޮވައިގެން ދިޔަ އެމްބިއުލާންސް ވެސް އެކްސިޑެންޓުވެއްޖެ

ސަން

16 ފެބްރުއަރީ 2026 | ހޯމަ | 11:10

އައްޑޫ ސިޓީ ހިތަދޫގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި މީހުން ގޮވައިގެން ހޮސްޕިޓަލަށް ދިޔަ އެމްބިއުލާންސް ވެސް އެކްސިޑެންޓުވެއްޖެއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، ފުރަތަމަ އެކްސިޑެންޓު ހިނގާފައިވަނީ ރޭ 21:40 އެހައިކަންހާއިރުއެވެ. މި ހާދިސާ ހިނގާފައިވަނީ ހިތަދޫ ޑޭޒީ މަގާއި އެޅެދީދީ މަގު ގުޅުނު ކަންމަތިން ދެ ސައިކަލު ޖެހިގެންނެވެ.

މި އެކްސިޑެންޓުގައި ދެ ސައިކަލުގައި ތިބި ހަތަރު މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، މި އެންމެންނަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށް ފުލުހުން ބުންޏެވެ.

މައުޟޫޢުތަށް