15 އަހަރުގެ ކުއްޖަކު ހައްލާލައިގެން ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފި

ސަން

16 ފެބްރުއަރީ 2026 | ހޯމަ | 11:45

ކުޑަ ކުއްޖަކު ގްރޫމްކޮށް، އެކްސްޕްލޮއިޓްކޮށް އެ ކުއްޖާއަށް ޖިންސީގޯނާކުރިކަމުގެ ތުހުމަތުގައި ފުލުހުން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ފާޠިމަތު ރީމާ (35އ)އެވެ.

ފުލުހުން ބުނީ، ރީމާ ހައްޔަރުކޮށްފައިވަނީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާއި ކްރައިމް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ ޑިސެންބަރު 29 ވަނަ ދުވަހު ކަމަށެވެ. އޭނާގެ މައުލޫމާތު ފުލުހުން ހާމަކުރީ މިއަދެވެ. އޭނާ ބަންދުގައި ބަހައްޓަން އެންމެ ފަހުން ޖެހި މުއްދަތު ހަމަވާނީ މި މަހު 28 އަށް ކަމަށް ފުލުހުން ބުންޏެވެ.

މައުޟޫޢުތަށް