ގުޅިއަށް މަސްތުވާތަކެތި ގެންދިޔަ މީހަކު އުމުރަށް ޖަލަށް
ސަން
16 ފެބްރުއަރީ 2026 | ހޯމަ | 1:11
މާލެ އަތޮޅު ގުޅިއަށް މަސްތުވާތަކެތި އެތެރެކުރި އެ ރަށު މީހަކު އުމުރަށް ޖަލަށްލާން އެ ރަށު ކޯޓުން ހުކުމްކޮށްފިއެވެ.
ގުޅިއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ކ. ގުޅީ ގްރީންޕީސް މުހައްމަދު ނިހާންގެ މައްޗަށެވެ. ނިހާންގެ މައްޗަށް ގުޅީ ކޯޓުން ހުކުމް އިއްވީ މިދިޔަ ހަފްތާގައެވެ.
ނިހާންގެ މައްޗަށް ހުކުމް އިއްވި މައްސަލައަކީ، 2024 ވަނަ އަހަރުގެ މޭ މަހު ފަހުކޮޅު އެއް ދުވަހެއްގެ ހަވީރު، ގުޅިއަށް ދަތުރުކުރާ ލޯންޗަކުން އެ ރަށަށް މަސްތުވާތަކެތި ގެންދިޔަ މައްސަލައެވެ.