ރަސްމީ ފާލަމުން ފެށިގެން އެމްޓީސީސީ ޓާމިނަލާ ހަމައަށް މަގު ތަރައްގީކުރަން ރޯދަމަހު ފަށަނީ

ސަން

16 ފެބްރުއަރީ 2026 | ހޯމަ | 1:27

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫގެ ދަށުން އެއް ނަމްބަރު ފާލަމުން ފެށީގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް މަގުގައި ތާރުއެލުމުގެ މަސައްކަތް މި ރޯދަމަހު ފަށާނެ ކަމަށް އެ މަސައްކަތް ކުރާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވިދާޅުވެއްޖެެއެެވެ.

އޭނާ މިފަދައިން ވިދާޅުވީ، ބައެއް ކެބިނެޓު މިނިސްޓަރުންނާ އެކު، އެމްޓީސީސީން އަލަށް ތަރައްގީކުރި ބާޒާރުމަތީ ސަރަހައްދުގެ މަގު ސެގްމަންޓުގައި ގަސް އިންދުމަށް ބޭއްވި ހަރަކާތުގެ ތެރެއިން މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައެވެ.

އެކި ސެގްމެންޓުތަަކަށް ބަހާލައިގެން ދެން މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ރަސްމީ ފާލަމުން ފެށިގެން އެމްޓީސީސީގެ ޓާމިނަލާ ހަމައަށް ކަމަށާއި އެ ސަރަހައްދުގައި ތާރުއެޅުމުގެ މަސައްކަތް ރޯދަމަހުގެ ތެރޭގައި ފަށާނެ ކަމަށް ސައުދީ ވިދާޅުވިއެވެ. އަދި މިހާރު ޝެޑިއުލް ކުރެވިފައި ވާގޮތުން މުޅި މަގުގެ މަސައްކަތް އަންނަ އޭޕްރީލް ނުވަތަ މޭ މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ވިދާޅުވިއެވެ.

މައުޟޫޢުތަށް