ފަލަކީ ހިސާބު: މުލަ ރޯދައަކީ ބުދަ ދުވަސް!
ސަން
16 ފެބްރުއަރީ 2026 | ހޯމަ | 2:17
ރޯދަމަހާއި އީދަށް ރާއްޖޭގައި ހަނދުލެއްވުމާއި ނުލެއްވުމުގެ މައްޗަށް އިސްލާމީ ވުޒާރާއިން އެކަށައަޅާފައި އޮންނަ އުޞޫލަށް ބަލާއިރު މި އަހަރުގެ ރޯދަމަހުގެ މުލަރޯދަ ދުވަހަށްވާނީ މި ހަފުތާ ބުދަ ދުވަސް ކަމަށް ފަލަކީ ހިސާބުތަކުން ދައްކައިފިއެވެ.
ރޯދަ ހިފަން ފަށާނީ ހަނދު ސާބިތު ވީމައެވެ. އެކަން ކަނޑައަޅާނީ އިސްލާމިކް މިނިސްޓްރީން ކަމަށްވާއިރު ރާއްޖޭގައި މިފަހަރު ހަނދު ސާބިތު ކުރުމަށް ބާއްވާ ބައްދަލުވުން އޮތީ މާދަމާ ރެއެވެ.
ހަނދު ސީދާ ލޮލަށް ނުފެނުނު ނަމަވެސް ފަލަކީ ހިސާބަށް ބަލައިގެން ވެސް ހަނދު ސާބިތު ކުރުމަކީ އާއްމުކޮށް ކޮށް އުޅޭ ކަމެކެވެ.