ފ. އަތޮޅާއި ދ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް މާދަމާ ފަށަނީ

ސަން

16 ފެބްރުއަރީ 2026 | ހޯމަ | 4:50

ފ. އަތޮޅާއި ދ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް އާރްޓީއެލް ފެރީގެ ޚިދުމަތް މާދަމާ ފަށަން ހަމަޖެހިފައި ވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއިން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ވަނީ، ފ. އަދި ދ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް މާދަމާ ރަސްމީކޮށް ފެށުމަށް ތައްޔާރުވެފައި ވާކަމަށެވެ. އަދި ފުރަތަމަ ހަފުތާގައި ކުރިއަށްދާނީ އާރްޓީއެލްގެ ޚިދުމަތަށް އެ ދެ އަތޮޅުގެ ރައްޔިތުން އަހުލުވެރިކުރުމުގެ ގޮތުން ކުރާ ހިލޭ ދަތުރުތައްކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

މިނިސްޓްރީއިން ބުނީ ފުރަތަމަ ހަފުތާއަށްފަހު، މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން ދަތުރުތައް ކުރިއަށްގެންދާނީ ޓިކެޓު ނަގައިގެން ކަމަށެވެ.

މައުޟޫޢުތަށް