ވޭޕް ވިއްކަމުންދިޔަ ބިދޭސީއެއް 959 ނެނޯސްޓިކާއެކު ހައްޔަރުކޮށްފި
ސަން
16 ފެބްރުއަރީ 2026 | ހޯމަ | 5:05
ރާއްޖޭގައި ވޭޕްގެ ވިޔަފާރި ކުރަމުން ދިޔަ ބިދޭސީއަކު، 959 ނެނޯސްޓިކާއެކު މާލޭން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އިމިގްރޭޝަންގެ ގާނޫނާއި ގަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތްކޮށް އަދި ގަވާއިދާ ޚިލާފަށް ވޭޕްގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކޮށްފައި ވާކަމަށެވެ.
ފުލުހުން ބުނީ، މިދިޔަ ބުރާސްފަތި ދުވަހު ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނާއި ރެސްޕޯންސް އެންޑް ޕެޓްރޯލް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސް، އިމިގްރޭޝަނާ ހަވާލުކޮށްފައިވަނީ 34 އަހަރުގެ ބަންގްލަދޭޝަށް ނިސްބަތްވާ، ޗައިއޮން ނަމަކަށް ކިޔާ މީހެއް ކަމަށެވެ.