ވެލާނާ އެއާޕޯޓުގެ ޑޮމެސްޓިކް ދަތުރުތައް، ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް ބަދަލުކުރަނީ
ސަން
16 ފެބްރުއަރީ 2026 | ހޯމަ | 6:38
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްފައިވާ ޑޮމެސްޓިކް ޓާމިނަލްގެ ދަތުރުތައް، މާދަމާއިން ފެށިގެން، ކުރީގެ އިންޓަނޭޝަނަލް ޓާމިނަލްއަށް ބަދަލުކުރަން ނިންމައިފިއެވެ.
އެމްއޭސީއެލްއިން މިއަދު "ސަން"އަށް މައުލޫމާތު ދިން ގޮތުގައި ޑޮމެސްޓިކް ޓާމިނަލްގެ ދަތުރުތައް ބަދަލުކުރުމަށް ޓަކައި ކުރީގެ އިންޓަނޭޝަނަލް ޓާމިނަލްއަށް ބަދަލުތައް ގެނެސް، މިހާރު ވަނީ ވަރަށް ބޮޑަށް މަރާމާތުކޮށްފައެވެ.
އެ ބަދަލާއެކު، އެތެރޭގެ ދަތުރުތައް ކުރާ ފަސިންޖަރުންނަށް ލުއިތައް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. މާދަމާއަށް ފަހު ޑޮމެސްޓިކް ޓާމިނަލް ބޭނުންކުރާނެ ގޮތެއް މިހާތަނަށް އެމްއޭސީއެލްއިން ހާމަކޮށްފައިނުވެއެވެ.