މަސް މާރުކޭޓު މައްސަލައިގައި އާޒިމް: އެއްބަސްވުން ބާތިލުކުރުމުގެ މަސައްކަތް އެބަ ކުރަން

ސަން

16 ފެބްރުއަރީ 2026 | ހޯމަ | 9:51

މާލޭގެ މަސްމާރުކޭޓު ބޮޑު އަގުގައި ކުއްޔަށް ދޫކޮށްފައިވާ މައްސަލައިގެ އެއްބަސްވުން ބާތިލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ އެއްބަސްވުމުގެ ދަށުން ކޮންޓްރެކްޓަރަށް 9.5 މިލިއަން ޑޮލަރު ނުދެއްވިއްޖެނަމަ، މާރުކޭޓު އަޅާ ތަން 25 އަހަރަށް ގެއްލޭނެ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

މާލެ މަސް މާރުކޭޓާ ގުޅޭ އޮޑިޓު ރިޕޯޓު އާންމުކޮށް، އާޒިމް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، އެ ތަން ތަރައްގީ ކުރުމަށް ދީފައި ވަނީ މާލެ ސިޓީ ކައުންސިލަށް ބޮޑެތި ގެއްލުންތަކެއް ވާނެ ގޮތަށް ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މަސް މާރުކޭޓު އަޅަން ފުރަތަމަ އެއްބަސްވުން ހަދާފައި އޮތީ 6.1 މިލިއަން ޑޮލަރަށް ނަމަވެސް، ފަހުން އެ އެއްބަސްވުން އޮތީ 9.6 މިލިއަން ޑޮލަރަށް އެހެން ބަޔަކާ ހަވާލުކޮށްފައެވެ. ތިން ވަނަ ފަހަރަށް އަގަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.

މައުޟޫޢުތަށް