މައި ދެ އިންތިޚާބު އެއްކޮށްލުމާ ގުޅޭ ވޯޓު، ކައުންސިލް އިންތިޚާބާއެކު ބާއްވަން ރައީސް ނިންމަވައިފި
ސަން
16 ފެބްރުއަރީ 2026 | ހޯމަ | 7:19
މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށްލުމާ ގުޅޭ ގޮތުން ނަގާ ޚިޔާލު ހޯދުމުގެ ވޯޓު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއެކު ބޭއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފިއެވެ.
ރައީސް އޮފީހުން މިއަދު ވަނީ، ދެ އިންތިޚާބު އެއްކޮށްލުމާ ގުޅޭ ވޯޓު އަންނަ އޭޕްރިލް މަހު ހަތަރު ވަނަ ދުވަހު ބޭއްވުމަށް ރައީސް ގަރާރަކުން ނިންމަވައިފައިވާކަން އިއުލާންކޮށްފައެވެ.
މައި ދެ އިންތިޚާބު އެއްކޮށްލަން، ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ޤާނޫނުއަސާސީއަށް އިސްލާހެއް ހުށަހެޅުއްވީ މިދިޔަ މަހެވެ. އެ އިސްލާހުގައިވާ ގޮތުން، މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު ބާއްވަން ޖެހޭނީ އެކުގައެވެ.