ޕީއެންސީން ތާއިދުކުރާ މިނިވަން ކެންޑިޑޭޓެއް ނުހުންނާނެ: ފަލާހު

ސަން

16 ފެބްރުއަރީ 2026 | ހޯމަ | 11:26

ކުރިއަށް އޮތް ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވެރިކަން ކުރާ ޕީއެންސީން ތާއިދުކުރާ މިނިވަން ކެންޑިޑޭޓެއް ނުހުންނާނެ ކަމަށާއި, އެ ޕާޓީއަށް މުހިންމީ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުން ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު މިރޭ ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ މާފަންނު ކެމްޕެއިން އިފުތިތާހު ކުރުމަށް ބޭއްވި ހަފުލާގައި ފަލާހު ވިދާޅުވީ، މިނިވަން ކެންޑިޑޭޓުންނަކީ ސަރުކާރުގެ ކެންޑިޑޭޓުން ކަމަށް ބައެއް ހިސާބުތަކުގައި ވަރަށް ބޮޑަށް އަޑު ފެތުރެމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެ ޕާޓީން އެއްވެސް މިނިވަން ކެންޑިޑޭޓަކަށް ތާއިދެއް ނުކުރެއެވެ. އެ ކަމާ ޕީއެންސީގެ ސަޕޯޓަރުންނާއި ރައްޔިތުން ވިސްނަން ޖެހޭނެ ކަމަށާއި ޕާޓީގެ ކެންޑިޑޭޓުންނަކީ ޓިކެޓު ދީގެން އިންތިޚާބުގައި ކުރިމަތިލާފައިވާ ކެންޑިޑޭޓުން ކަމަށް ފަލާހު ވިދާޅުވިއެވެ.

މައުޟޫޢުތަށް