ޕެންޝަން ފަންޑުގެ މުއާމަލާތާ ގުޅޭ ގޮތުން، މަޖިލީހުގެ މެންބަރުން ދެކޭ ގޮތް ދެނެގަތުމަށް ކުޑޫގެ ގަރާރެއް

ސަން

16 ފެބްރުއަރީ 2026 | ހޯމަ | 11:08

ސަރުކާރުން ބޭނުންވާ ގޮތަށް ޕެންޝަން އޮފީހުން ހިންގާ 2.4 ބިލިއަން ރުފިޔާގެ މުއާމަލާތާ ގުޅޭ ގޮތުން، ވެރިކަން ކުރާ ޕީއެންސީގެ އަޣުލަބިއްޔަތު އޮންނަ މަޖިލީހުން ދެކޭ ގޮތެއް ދެނެގަތުމަށް ޓަކައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) ގަރާރެއް ހުށަހަޅުއްވައިފިއެވެ.

މަރުކަޒީ ބޭންކު، އެމްއެމްއޭއިން ޕެންޝަން ފަންޑަށް 2.5 ބިލިއަން ރުފިޔާ އިންވެސްޓްކުރުމަށް ފަހު، އެ ފައިސާ ޕެންޝަން އޮފީހުން ސަރުކާރުގެ ބޮންޑަކަށް އިންވެސްޓްކުރުމުގެ މުއާމަލާތެއް ހިންގަން ވަނީ ނިންމައިފައެވެ.

އެ މުއާމަލާތް ހިންގަން އެއްބަސްވި ފަހުން, ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަން ޑރ. އަޙްމަދު އިނާޒާއި ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ސުޖާތާ ހަލީމާއި ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ޙައްވާ ފަޖުވާއާއި އެ އޮފީހުގެ ބޯޑުގައި އަމިއްލަ ވިޔަފާރިތައް ތަމުސީލުކުރެއްވި މެންބަރު ސަރުވަޝް އާދަމް ވަނީ އިސްތިއުފާދެއްވައިފައެވެ.

މައުޟޫޢުތަށް