އެކްސިޑެންޓެއްގައި ލިބޭ ގެއްލުމުގެ ބަދަލު ހޯދަން، ކޮންޕްރިހެންސިވް މޮޓޯ އިންޝުއަރެންސެއް ނެގުމަށް އަންގާ ބިލެއް

ސަން

17 ފެބްރުއަރީ 2026 | އަންގާރަ | 12:39

އެކްސިޑެންޓެއްގައި އުޅަނދު ދުއްވާ މީހާއާއި އެ އުޅަނދަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް, ކޮންޕްރިހެންސިވް މޮޓޯ އިންޝުއަރެންސެއް ތައާރަފު ކުރުމަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް އެ ބިލު ހުށަހެޅުއްވީ، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)އެވެ.

އެ ބިލު ހުށަހަޅާ ސަބަބެއް ކަމަށް ބުނެފައިވަނީ، އެއްގަމު ދަތުރުފަތުރުގައި ބޭނުންކުރާ އުޅަނދުތަކަށް މިހާރު ރާއްޖޭގައި ތިން ވަނަ ފަރާތެއްގެ އިންޝުއަރެންސް ލާޒިމުކޮށްފައިވީ ނަމަވެސް ކޮމްޕްރެހެންސިވް މޮޓޯ އިންޝުއަރެންސް ނިޒާމެއް ނެތުމުގެ ސަބަބުން، އުޅަނދަށް ނުވަތަ އުޅަނދު ދުއްވާ މީހާއަށް ލިބޭ ގެއްލުމަށް ބަދަލު ލިބުމަށް ހުރަސް އެޅޭތީ އެކަމަށް ހައްލެއް ހޯދުމަށް ކަމަށެވެ.

މައުޟޫޢުތަށް